ދުނިޔޭގެ އެކި ޤައުމުތަކުގައި އެތައް ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ބޮމުގެ ހަމަލާއެއް ދީފިއެވެ.
އަބަދުވެސް މުސްލިމުންނާއި ދެކޮޅު އެމެރިކާގެ ރައީސްކަންކުރާ ޑޮނަލްޑް ޓްރަމްޕް ރޭ ފަތިހު ކުރި ޓްވީޓެއްގައި އޭނާ ބުނެފައިވަނީ އީރާނުގެ 3 ނިއުކްލިއަރ ސައިޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ބޮން އަޅާފައިވާ ކަމަށެވެ.
ޓްރަމްޕް ގެ ޓްވީޓުގައި ވާގޮތުން އެމެރިކާ އިން ހަމަލާދީފައިވަނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކެއް ކަމަށްވާ ފޯރޑޯ، ނަޓާންޒް، އަދި އެސްފަހާން އަށެވެ.
ޓްރަމްޕް ބުނީ މި 3 ފެސިލިޓީއަށް ބޮން އެޅުމަށްފަހު އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް މިހާރު އެނބުރި ޤައުމަށް އައިސްފައިވާ ކަމަށެވެ. އަދި އީރާނަށް މި ދެވުނީ ވަރަށް ކާމިޔާބު ހަމަލާއެއް ކަމަށްވެސް ޓްރަމްޕްގެ ޓްވީޓުގައި އޭނާ ބުނެފައިވެއެވެ.
ނަމަވެސް އީރާނުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާއިން ދިން ބޮމުގެ ހަމަލާގެ ކުރިން އެ ނިއުކްލިއަރ ފެސިލިޓީތަކުގައި ހުރި ހަތިޔާރުފަދަ ތަކެތި އެހެން ތަނަކަށް ވަނީ ބަދަލުކޮށްފައެވެ.
މިކަމާ ގުޅިގެން އީރާން ގެ ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައެވެ ނުވެއެވެ.