ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ރައީސް މުއިއްޒު އާއި ބައްދަލުކުރައްވައިފި

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚާއްސަ މެހެމާންދާރީގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މިހާރު ސައުދީ އަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން ރައީސް މުއިއްޒު އާއި ވަލީއަހުދު މުހައްމަދު ބައްދަލުރެއްވީ މިނާގައި ހުންނަ ރިޔާސީ ކޯޓުގައިއެވެ. މި ބައްދަލުކުރެއްވުމުގައި އަޟްޙާ ޢީދުގެ ތަހުނިޔާ ފޮނުއްވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މައްކާ ސަރަޙައްދުގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް ސައުދު ބިން މިޝަލް ބިން ޢަބްދުލްޢަޒީޒް އާއި އެގައުމުގެ ސްޕޯޓްސް މިނިސްޓަރު ހިޒް ރޯޔަލް ހައިނެސް ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ ބިން ފައިސަލް ބިން އަބްދުލްއަޒީޒް އާއި އެގައުމުގެ އިންޓީރިއާ މިނިސްޓަރު ހިޒް ރޯޔަލް ހައިނެސް ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް ބިން އަބްދުލްއަޒީޒް އާއި ނޭޝަނަލް ގާޑް މިނިސްޓަރު ހިޒް ރޯޔަލް ހައިނެސް ޕްރިންސް އަބްދުالله ބިން ބަންދަރު ބިން އަބްދުލްއަޒީޒް އާއި ޑިފެންސް މިނިސްޓަރު ޑރ. ހިޒް ރޯޔަލް ހައިނެސް ޕްރިންސް ޚާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒްގެ އިތުރުން ފޮރިން އެފެއާޒް މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން ބިން ޢަބްދުالله ބައިވެރިވެވަޑައިގެންނެވި ކަމަށް ސައުދީ ސަރުކާރުގެ ހަބަަރުތައް ގެނެސްދޭ ސައުދީ ޕްރެސް އޭޖެންސީން ބުނެއެވެ.

އަދި ރާއްޖޭގެ ވަފުދުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުالله ޚަލީލްއާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޝާހިމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރަފީއު ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަދި ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު ޝަހުދީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް