ހއ. ކެލާގެ ޢީދު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި ސިއްޙަތާއި ބެހޭ ވަޒީރު އަބްދުالله ނާޒިމް އިބްރާހީމް ހއ. ފިއްލަދޫ ޞިއްހީ މަރުކަޒަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވައި މުވައްޒަފުންނާއި ބައްދަލުކުރައްވައިފިއެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ޞިއްހީ މަރުކަޒުގައި ޚިދުމަތް ދިނުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ބޭސް ލިބުމުގައި ދަތިތައް ހުރިތޯ ވަނީ ބައްލަވާފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި ޞިއްހީ މަރުކަޒަށް އަލަށް އިތުރުކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިންވެސް ބައްލަވާލެއްވިއެވެ. އަދި އެކަމާއި ގުޅޭގޮތުން ހެލްތު ސެންޓަރުގެ އިސްވެރިންނާއި އެކު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ކެލާ ދާއިރާގެ މެމްބަރު އަބްދުالله ޝަރީފްވެސް މިނިސްޓަރ އަރިހުގައި މިދަތުރުގައި ބައިވެރިވަޑައިގެންނެވިއެވެ.