ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ލައިފްސްކިލްސް ތަމްރީން ޕްރޮގްރާމެއް ހިންގައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދުވުނު ލައިފްސްކިލްސް ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

މިޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް އާއިޝަތު ޒުހުރުބާން ވިދާޅުވީ މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން ފެސިލިޓީތަކުގައި ބަލަހައްޓަމުންދާ ކުދިން މުޖުތަމަޢަށް ނިކުމެ ހަރާކާތްތެރިވާއިރު ބޭނުންވާ އެކި ހުނަރުތައް ތަރައްޤީކުރުމަށް ބާރު ލިބިގެންދާ ކަމަށެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒުގެ ވައުދުފުޅުތަކުގެ ދަށުން، ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިގެ ތެރޭގައި ތިބޭ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމެވެ.

މި ތަމްރީން ޕްރޮގްރާމް ހދ، ހއ، ދ، ރ، މ، ގދ، ގއ، ބ، ނ، ޏ، ށ، ލ، ޅ އަދި ފ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި، ވިލިނގިލީ އިޖްތިމާޢީ މަރުކަޒު، ފިޔަވަތި އަދި މި ވުޒާރާގެ އެކި އެކި ސެކްޝަންތައް ހިމެނޭހެން މުޅި ޖުމްލަ 33 މުވައްޒަފުންވަނީ ފުރިހަމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް