ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ދިވެހިރާއްޖޭގައި ފަޤީރުކަން މަދުކުރުމަށް އެމްއައިބީއާއެކު މަޝްވަރާތަކެއް

ދިވެހިރާއްޖޭގައި ފަޤީރުކަން މަދުކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އެމްއައިބީގެ އިސް ފަރާތްތަކާއި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވާފައެވެ.

ވުޒާރާގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ފުދުންތެރިކަން ދަށް ޢާއިލާތަކަށް ނުވަތަ ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެނީ:

އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރުން

އަސާސީ ޚިދުމަތްތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދީ، ވަސީލަތްތައް ފޯރުކޮށްދިނުން

މި ޕްރޮގްރާމަކީ ދިވެހި މުޖުތަމަޢުގައި ތިބި އެންމެ ނިކަމެތި ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއްކަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއެކު އެވުޒާރާއިން މިހާރުވެސް ގާތުން މަސައްކަތްކުރަމުންދާއިރު، އެ ވުޒާރާއާއެކު މި މަސައްކަތް ކުރުމަކީ ނިކަމެތި އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލަތު ބަދަލުކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ވެސް އެމްއައިބީން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް