ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމަށް އައިޝަތު މުހައްމަދު އައްޔަން ކުރައްވައިފި

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އެންމެ އިސް ދެ މަގާމުކަމަށްވާ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އެ އޮފީހުގެ ދެ ގާނޫނީ ވަކީލަކު މިއަދު އައްޔަނުކުރައްވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ ދަށުން މަސައްކަތްކުރައްވާ އެންމެ އިސް ދެ ވެރިންގެ މަގާމަށް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު މިއަދު އެ އޮފީހުން ނޫސްވެރިންނާ ހިއްސާކޮށްފައިވެއެވެ. އެގޮތުން އެ މަގާމުތަކަަށް އައްޔަންކުރެއްވީ:

– ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އާއިޝާ މުހައްމަދު

އާއިޝާ މުހައްމަދަކީ ޑިސެންބަރު 14، 2011 އިން ފެށިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި މަސައްކަތްކުރައްވަމުންދާ ވަކީލާއެކެވެ. އޭނާއަކީ މިހާރު އެ އޮފީހުގައި މަސައްކަތްކުރައްވާ ވަކީލުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެންމެ ތަޖުރިބާކާރު އެއް ވަކީލުކަން އެ އޮފީހުން ފާހގަކުރެއްވިއެވެ.

އާއިޝާގެ އިތުރަށް މިހާރުވެސް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މަހުމޫދު ސަލީމު އެ މަގާމުގައި ހުންނަވާނެ ކަމުގައި އެ އޮފީހުން ބުނެފައިވެއެވެ. އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ޕަބްލިކް ޕްރޮސެކިއުޓާ ހުސައިން ސާމީ އައްޔަންކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް