ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމްވެގެންދިއުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ ވަރަށް ބޮޑު އުންމީދެއް

އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމްވެގެންދިއުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ ވަރަށް ބޮޑު އުންމީދެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އަމާން މުޖުތަމައުއެއް ޤާއިމުކުރުމަށް ފުލުހުންގެ ފަރާތުން ރައްޔިތުންނާއި ގުޅިގެން ކުރެވޭ ތަފާތު މަސައްކަތްތަކާ މެދު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ”ވޯކް އެންޑް ޓޯކް“ގެ ނަމުގައި ފުލުހުން ވަނީ ބޮޑު ހަރަކާތެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަށާފައެވެ.

ފުލުހުން ވިދާޅުވީ އަމާން އަދި ރައްކާތެރި މާާހައުލެއް ގާއިމްކުރުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެ، ރައްޔިތުންނާ ބައްދަލުކުރަމުންދާ ކަމަށެވެ.

އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް އިތުރު ޔަޤީންކަމާއި އިތުބާރު ލިބި، ކުށްކުރުން މަދުވެ، އަމާން ވެއްޓެއް ގާއިމްވެގެންދިއުމަކީ އުއްމީދެއްކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ފުލުހުން މި ހަރަކާތް ހިންގަނީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ މުޖުތަމައުގެ ބައިވެރިވުމާއެކު ފުލުހުންގެ ޚިދުމަތް ދިނުމުގެ ދަށުން އެކުލަވާލާފައިވާ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.

މި ހަރަކާތްތައް މެދުވެރިކޮށް މުސްތަޤުބަލުގައި ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، މުޖުތަމައުގެ ކަންބޮޑުވުންތައް ދެނެގަނެ، މުޖުތަމައުގައި ހިނގާ ކުށްތައް މަދުކުރެވި، ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަކީ ފުލުހުންގެ ޚިދުމަތުގެ އަމާޒެކެވެ.

ގުޅުންހުރި ލިޔުންތައް