އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

އުފެއްދުންތެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ތަމްރީނުތަށް ހިންގުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮއްފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީކުރުމާއި ބެހޭ ވުޒާރާއާއި ސިމްޑީ ގްރޫޕާއި ދެމެދު އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމުގެ ގޮތުން ތަމްރީނުތަށް ހިންގުމަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

މި އެއްބަސްވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ، އައިޝަތި ހިކްމާއެވެ. އަދި ސިމްޑި ގްރޫޕްގެ ފަރާތުން އެ ކުންފުނީގެ ސީނިއަރ މެނޭޖަރ ހިއުމަން ރިސޯސަސް އެންޑް ޑިވެލޮޕްމަންޓް އައިމިނަތު ޝައްފާއު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

އިއްޔެ ސޮއި ކުރެވުނު މި އެއްބަސްވުމުގެ މަޤްޞަދަކީ މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އެހީއާއެކު، ނޭޝަނަލް ކެރިއަރސް ސާރވިސް (އެންސީއެސް) މެދުވެރިކޮށް، ދަރިވަރުންނަށާއި، މަސައްކަތްތެރިންނަށް ފަޒީފާއާއި ތަމްރީނުގެ ފުރުޞަތުތަށް ފަހިކޮއްދިނުމެވެ.

އެ ގޮތުން،ކެރިއަރ ގައިޑަންސް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމާއި، މަސައްކަތްތެރިން ވަޒީފާގެ ބާޒާރަށް ނެރުމަށްޓަކައި ތައްޔާރުކުރުމަށް ސިމްޑީ ގްރޫޕްގެ ދަށުން ހިންގާ އޮފީސްތަކާއި ވިޔަފާރި އައުޓްލެޓްތަކުގައި އެޕްރެންޓިސްޝިޕް އަދި އިންޓަރންޝިޕް ފުރުޞަތުތައް ފަހިކޮށްދިނުމާއި، އެކަށީގެންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އެހީތެރިވެދިނުމާއި، ވަޒީފާގެ މާހައުލުގައި ރަނގަޅު ކުރެވިދާނެކަންތައް ފާހަގަކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތައް ކުރިއަށްގެންދިއުމެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގައި އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރަން ބާރުއެޅުމަށް ޚާއްޞަކަން ދިނުމަށް އެއްބަސްވެވިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް