- Advertisement -spot_img

15 ގަޑިއިރެއްހާއިރުގެ ނޫސްވެރިންގެ ބައްދަލުވުމެއް، ރައީސް މުއިއްޒު ދުނިޔޭގެ ތާރީހުގެ ތެރެއަށް!

ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާރިހުގެ ތެރެއިން ޖާގަ ހޯއްދަވައިފިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ އިއްޔެ ހެނދުނު 10:00ގައެވެ. ގާތްގަނޑަކަށް 15 ގަޑިއިރު ދެމިގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުން ނިމުނީ މެންދަނު 01:00 ޖަހަނިކޮށެވެ.

މި ބައްދަލުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް، 500 ދުވަހުގެ މެދުކެނޑުމަކަށްފަހު ބޭއްވެވި ބައްދަލުވުމެކެވެ. މިނޫސްވެރިންގެ ބައްދަލުވުމަކީ މިހާތަނަށް ރާއްޖޭގެ ރައީސަކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ކަން ފާހަގަކުރެވެއެވެ.

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތަފުސީލު ހާމަ ކުރެއްވުމަށް ދެ ގަޑިއިރެއްހާއިރު ހޭދަ ކުރެއްވެވިއެވެ. އެއަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންގެންދެވިއެވެ.

ޖުމުލަ 36 ނޫސްވެރިއަކާއެކު ރައީސް އޮފީހުގެގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މުޖުތަމަޢުގައި ނޫސްވެރިކަމުގެ މުހިންމު ދައުރު ފާހަގަކުރައްވައި، ހަގީގަތާ އެއްގޮތަށް، ހަމަހަމަކަމާއެކު އަދި އެއްވެސް ފަރާތަކަށް ނުޖެހި ހަބަރު ފެތުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުން ތާރީޚުން ޖާގަ ހޯދައި ރެކޯޑު ބައްދަލުވުމަކަށްވީ، މިއީ ޤައުމެއްގެ ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމަށް ވުމެވެ. މިހާތަނަށް އެ ރެކޯޑު އޮތީ ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީއެވެ. ޒެލެންސްކީ 14 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް