- Advertisement -spot_img

ބީއެމްއެލްގައި މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބީއެމްއެލްގައި މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ އެވޯޑު ހަފުލާ ރޭ ބާއްވައިފި އެވެ.

ކްރޮސްރޯޑްސްގައި ބޭއްވި އެ ހަފުލާގައި އެންމެ ރަނގަޅު މުވައްޒަފުންނާއި ޓީމުތަކަށް އެވޯޑު ދިނެވެ.

ބީއެމްއެލް އިން ކޮންމެ އަހަރަކު ވެސް ދޭ އެންމެ ޝަރަފުވެރި އެވޯޑު ”އެމްޕްލޯއީ އޮފް ދަ އިޔާ“ ގެ އެވޯޑު މި ފަހަރު ލިބުނީ ޑިރެކްޓާ އޮފް ފައިނޭންޝަލް ޓްރާންސެކްޝަންސް، ހުޒާއަތު އަލީ އަށެވެ.

”ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓްސް“ އެވޯޑު ލިބުނީ ހެޑް އޮފް ކަސްޓަމާ އެކްސްޕީރިއަންސް ހުސައިން ރަޝީދާއި ހެޑް އޮފް ޕްރިމިއަމް ބޭންކިން އަބްދުﷲ ސޮބާހު އަށެވެ.

”ލީޑާޝިޕް އެކްސެލެންސް އެވޯޑު“ ލިބުނީ އިންޗާޖު އޮފް ޑިޖިޓަލް ޓެކްނޮލަޖީ ޑިވިޝަންގެ މުހައްމަދު ސާވީއަށެވެ.

އޭގެއިތުރުން، މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި މުވައްޒަފުންނާއި ޓީމުތަކަށް ބެސްޓް ޑިވިޝަން އެމްޕްލޯއީއާއި އިމާޖިން ޓެލެންޓާއި ކަސްޓަމާ ސާވިސް އެކްސެލެންސާއި އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓާއި ޕްރޮޖެކްޓު އެކްސެލެންސްގެ އިތުރުން އިންވޭޝަން ކެޓަލިސްޓު ފަދަ ގިންތިތަކުން ވަނީ އެވޯޑު ދީފައެވެ.

މި އެވޯޑުތައް ހަވާލުކޮށްދެއްވީ، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންނެވެ.

ގުޅުންހުރި ލިޔުންތައް