ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

އުނގޫފާރު ހޮސްޕިޓަލްގައި އާ އިމާރާތެއް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

ރ. އުނގޫފާރު ހޮސްޕިޓަލް ގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހްމަދު ޤާސިމް އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

ޖުމްލަ 161 މިލިޔަން ރުފިޔާ ޚަރަދުވާ މި ޕްރޮޖެކްޓް ނިންމުމަށް އެސްބަސްވުމުގައި ވަނީ ދޮޅު އަހަރު ނުވަތަ 540 ދުވަސް ދުވަހެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރެވޭ އައު ޢިމާރާތް ނިމި ބޭނުންކުރަން ފެށުމާއެކު އުނގޫފާރު ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ޚިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ޤާއިމްކުރެވިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާއި ، ދާއިރާގެ މަޖިލިސް މެމްބަރުން އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް