ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

މަސްވެރިންގެ ދަފުތަރުގައި މިހާތަނަށް %95 އުޅަނދު ރަޖިސްޓްރީކޮށްފި

މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ވަކި ވަކި މަސްވެރިން ދަފުތަރު ކުރެވެމުންދިއުމުން، މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނޭކަން ފާހަގަކުރެއްވިއެވެ.

މުޢައްސަސާތަކާއި، ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީގޮތެއްގައި މަސްވެރިންނަށް ހޯދާދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތެވެ.

އަދި މަސްވެރިންނަށް ކުރިމަތިވަމުންދިޔަ އަނެއް މާލީ މައްސަލައަކީ މަސްވެރިން ބާނަމުންދިޔަ މަހަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ މައްސަލައެވެ. ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވިއިރު 250 މިލިއަނަށްވުރެ ގިނަ ފައިސާގެ ބޮޑު ބެކްލޮގް ކްލިއަރކޮށް، މިހާތަނަށް އައިއިރު 475 މިލިއަނަށްވުރެ ގިނަ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށެވެ. އަދި އޭގެ ނަތީޖާ މަސްވެރިކަމުގެ ސިނާޢަތުން ފެންނަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް މިދައުރުގެ ތެރޭގައި ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް