- Advertisement -spot_img

ހުޅުމާލެ ފޭސް 2 ގައި އެެއްފަހަރާ 3000 މީހުންނަށް ނަމާދުކުރެވޭ މިސްކިތެއް ބިނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމާލެ ފޭސް 2 ގައި އާ މިސްކިތެއް އެޅުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެޗް.ޑީ.ސީގައި ކުރިއަށްދިޔަ ހާއްސަ ބައްދަލުވުމެއްގައެވެ.

މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް ޖަމީލްއެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ލޮޓު 22386 ގައި 2500 އާއި 3000 ދެމެދުގެ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ ބޮޑު މިސްކިތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެންނެވެ. މި މިސްކިތުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު ހަމަޖެއްސުމަށް ހަމަޖެހިފައިވަނީ މިސްކިތް އެޅުމަށް ޚަރަދު ކުރާ ފަރާތުންނެވެ.

މި މިސް އެޅުމަށް ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 24 މަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމުމަށް ކަނޑައަޅާފައިވާއިރު މި މިސްކިތް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވިގެންދާނެއެވެ. އަދި މި މިސްކިތް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ.

މީގެ އިތުރުން މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރުގެ ތެރޭގައި ނިމޭނެ ކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް