ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ދިވެހިރާއްޖޭގައި ސިއްހީ ދާއިރާގެ ޚިދުމަތް ޑިޖިޓަލް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސުލްޖުމުހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ޑިޖިޓަލް ހެލްތު ކުރިއެރުވުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އާއްމުންދަށް ދޭ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ހެލްތު މިނިސްޓްރީއާއި މިނިސްޓްރީ އާއި ގުޅުން ހުރި އިދާރާތަކާއި އެކު މަޝަވަރާކޮށްފިއެވެ.

މި މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވާ ރައީސް އޮފީހުގެ ޓީމުން މިއަދު ހެލްތު މިނިސްޓްރިގެ އިސްވެރިންނާއި، އައިޖީއެމްއެޗް، އާސަންދަ، އަދި އެންސްޕާގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަޝަވަރާކޮށްފައިވަނީ ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް އެހީތެރިވުމަށް މި ހުރިހާ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންނެވެ. އެގޮތުން ހެލްތު އިންފޮމޭޝަން ސިސްޓަމާއި، ޞިއްޚީ ޚިދުމަތާއި ގުޅޭ ކަންކަން އެ ސިސްޓަމާއި ގުޅުމާއި، މިނިސްޓްރީން އާއްމުކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ޑިޖިޓަލް ހެލްތު ރޯޑްމެޕް ލޯންޗުކުރުމުގެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝަވަރާކޮށްފައެވެ.

ޑިޖިޓަލް ހެލްތު ރޯޑް މެޕް އަންނަ މަހު ލޯންޗް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް