ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

”ސޭފް ހޯމް“ ފެސިލިޓީއެއް ތަރައްގީކުރަން ހުޅުމާލެއިން ބިމެއް ގަނެފި

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ބޭނުންވާ ”ސޭފް ހޯމް“ ފެސިލިޓީއެއް ތަރައްގީކުރަން ސަރުކާރުން 31 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފިއެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން، ހުޅުމާލޭގެ 10،000 އަކަފޫޓުގެ ބިމެއް (ލޮޓް ނަންބަރުA2-1 11707 ) ސަރުކާރުން ވަނީ 31.5 މިލިއަން ރުފިޔާއަށް ގަނެފައެވެ. މި މުއާމަލާތް ހިންގާފައިވަނީ އެޗްޑީސީ، ފިނޭންސް މިނިސްޓްރީ އަދި ފެމިލީ މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ސަރުކާރުން އެޗްޑީސީއަށް މި ބިމުގެ އަގު ކަމުގައިވާ 31 މިލިއަން ރުފިޔާ ވަނީ ފުރިހަމައަށް ދައްކާ ޚަލާސްކޮށްފައެވެ. މި ވިޔަފާރީގެ ޝަރުއީ އަދި ގާނޫނީ ރުކުންތައް ފުރިހަމަވެފައިވާކަން ކޯޓުން ކަނޑައަޅައި، އެ ބިމުގެ މިލްކުވެރި ފަރާތަކީ ފިނޭންސް މިނިސްޓްރީ ކަމަށް ވަނީ ހުކުމްކޮށްފައެވެ.

މި ބިމުގައި އަޅަން ހަމަޖެހިފައިވާ ސޭފް ހޯމް ފެސިލިޓީއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭޝިއަން ޑިވަލޮޕްމަންޓް ބޭންކުގެ އެހީގައި ތަރައްގީކުރާ މަރުކަޒެކެވެ.

ގުޅުންހުރި ލިޔުންތައް