ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ތ. ހިރިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމައިފި

ތ. ހިރިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދެވުނު ބިންހިއްކުމުގެ މަސައްކަތުގެ 100 އިންސައްތަ ނިމިފައިވާކަމަށް ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި މަޝްރޫޢުގެ ދަށުން ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ.

މި މަސައްކަތަކީ ހިއްކި ސަރަހައްދު ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ބިމުގެ ދަތިކަން ޙައްލުވެ، ރަށުގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ހިރިލަންދޫ ކައުންސިލްއިން ފާހަގަކުރައްވައެވެ.

މިއީ ދައުލަތުގެ ބަޖެޓުން 105،194،514.48 ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢުއެކެވެ.

ތ. ހިރިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރިއަށްގެންދެވޭ މުހިއްމު މަޝްރޫޢެކެވެ.

ގުޅުންހުރި ލިޔުންތައް