spot_img

ރާއްޖެ އައި އެމެރިކާ މީހެއްގެ ލަގެޖުން ވަޒަންތަކެއް ފެނިއްޖެ

ރާއްޖެ އައި އެމެރިކާ ރައްުޔިތެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިއްޖެ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވައިގެ މަގުން އިއްޔެ ރާއްޖެއަށް އެތެރެވޮ އެމެރިކާ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލަރ 36އ. ގެ ލަގެޖު ބަލައި ފާސް ކުރިއިރު، ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މިއަދު އޭނާގެ ބަންދަށް މުއްދަތު ޖަހަން ގެންދިއުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

spot_img

ގުޅުންހުރި ލިޔުންތައް