- Advertisement -spot_img

އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގައި މުހިންމު ދައުރެއް އަދާކުރާ، އެއްވެސް ތަފާތުކުރުމެއްނެތި މުޖުތަމަޢުގެ ހުރިހާ ކަމެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު ލިބެންޖެހޭ ބައެއް

އޯޓިޒަމް ހުންނަ ފަރާތްތަކަށް މުޖުތަމަޢުގެ ހުރިހާ ކަމެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު ލިބެންޖެހޭ ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިހެން ބުނެފައިވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މިގޮތުން އެ ވުޒާރާއިން ބުނީ އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގައި މުހިންމު ދައުރެއް އަދާކުރާ، އެއްވެސް ތަފާތުކުރުމެއްނެތި މުޖުތަމަޢުގެ ހުރިހާ ކަމެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު ލިބެންޖެހޭ ބައެއް ކަމަށެވެ.

”އެ ފަރާތްތަކުގެ ޤާބިލިއްޔަތުކަމާއި ހުނަރުތައް ފާހަގަކޮށް، އޯގާތެރި އަދި ޝާމިލުކުރަނިވި މުޖުތަމަޢެއް ބިނާކުރަމާ“، އެ ވުޒާރާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދަކީ، އޯޓިޒަމް ހުންނަ ފަރާތްތަކާ ބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމެވެ.

އޯޓިޒަމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ދުވަސް 2007ވަނަ އަހަރުން ފެށިގެން އދ. ފާހަގަކުރަމުންދާއިރު މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ، ”އެޑްވާންސިންގ ނިއުރޯޑައިވަރސިޓީ އެންޑް ދަ ޔޫއެންސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް“ މިޝިޢާރެވެ. މިއީ ސިޔާސަތުތައް ކަނޑައެޅުމުގައި އޯޓިޒަމް ހުންނަ ފަރާތްތަކުގެ ބައިވެރިވުން އޮންނާނެހެން ތަރައްޤީގެ މަސައްކަތްތައް ރޭވުމަށް ބާރު އެޅުމަށް އަލިއަޅުވާލާ ޝިޢާރެކެވެ.

ގުޅުންހުރި ލިޔުންތައް