ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚިދުމަތް ދިނުމަށް ވަކި މޭޒެއް އާސަންދައިން ތައާރަފުކުރިކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން ފެތުރި ޙަބަރު އާސަންދައިން ދޮގުކޮށްފިއެވެ.
ރާއްޖޭގައި ހިންގާ މި އޮންލައިން ނޫހުން ރިޕޯޓުކުރި ގޮތުގައި ވެރިކަންކުރާ ކޮންގުރެސް ޕާޓީގެ މެންބަރުންނަށް ހިދުމަތް ދިނުމަށް އާސަންދައިން ވަކި މުވައްޒަފުންތަކެއް ހަމަޖައްސައި އެކަމަށް ވަކި ޑެސެކެއް ހާއްސަކޮށްފައިވެއެވެ. އަދި މެންބަރުން ބޭނުންވާ މީހުންނަށް އާސަންދަ ހަމަނުޖެހިގެން މެންބަރުން ޝަކުވާކުރައްވާތީ އާސަންދައިގެ މެނޭޖިން ޑިރެކްޓާ އައިމިނަތު ޒީނިޔާ ކުންފުނީގެ ހުރިހާ މުވައްޒަފުންނާ ބައްދަލުކުރެއްވިކަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ.
މެންބަރުންނަށް ހިދުމަތް ދިނުމަށް ވަކި މޭޒެއް ތައާރަފުކޮށް، މުވައްޒަފުންތަކެއް ހާއްސަކުރިކަމަށް އެ ނޫހުން ރިޕޯޓުކުރުމާ ގުޅިގެން އާސަންދައިގެ ރަސްމީ އެކްސް އެކައުންޓުން ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
ބަރަކާތްތެރި ރަމަޟާން މަސްފަދަ މަހެއްގައި މިގޮތަށް ފިތުނަ އުފެއްދުމުގެ މަޤްސަދުގައި ގޮދު ހަބަރުތައް ނުފެތުރުމަށް މަޖިލިސް މެމްބަރުންވެސް އެދިލައްވައެވެ.
ސަރުކާރާމެދު ރުޅިވެރިކަން އުފެއްދުމަށްޓަކައި މިފަދަ ހަގީގަތެއް ނެތް ދޮގު ހަބަރުތައް ބައެއް މީޑިޔާތަކުން އަންނަނީ ފަތުރަމުންނެވެ. ނަމަވެސް ސަރުކާރުން އަންނަނީ އެފަދަ ކަންތައްތަކުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދީ ބަޔާންކޮށްދެމުންނެވެ.