އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިސްކިތް ކޮމްޕްލެކްސްއެއްގެ ބިންގާ މިއަދު އަޅައިފިއެވެ.
މި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި މިސްކިތް ކޮމްޕްލެކްސް ބިނާކުރެވެނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް މުޙައްމަދު ޞާލިޙްގެ ދީލަތި އެހީތެރިކަމާ އެކުގައެވެ.
ދެ ބުރިއަށް ބިނާކުރާ މި މިސްކިތް ކޮމްޕްލެކްސްގައި އެއް ފަހަރާ 800 މީހުންނަށް ނަމާދުކުރެވޭނެއެވެ. މީގެ އިތުރުން މި ކޮމްޕްލެކްސްގައި ހޯލަކާއި ލައިބްރަރީއެއް ވެސް ހިމެނޭނެއެވެ.



