ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ސޮއިއެޑާޑް ބަލިކޮށް ބާސެލޯނާ ސްޕެނިޝް ލަލީލާގެ އެއްވަނައަށް އަރައިފި

ބާސެލޯނާއިން، 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ރިއަލް ސޮސިއެޑާޑް 0-4 ގެ ނަތީޖާއަކުން ބަލިކޮށް ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ސޮސިއެޑާޑްއަށް މެޗު އުނދަގޫވެގެންދިޔައީ 17 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު އަރިޓްޒް އެލުސްޓޮންޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ބާސެލޯނާގެ އޮލްމޯ އަށް ހަމަލާދިނުމާއި ގުޅިގެންނެވެ.

ބާސެލޯނާ އިން މި ފުރުސަތުގެ ބޭނުން ހިފީ އޭގެ 8 މިނެޓު ފަހުންނެވެ. އެގޮތުން ލަމީން ޔަމާލް އަދި އޮލްމޯގެ އެހީތެރިކަމާއިއެކު ބާސެލޯނާއިން މެޗުގެ ފުރަތަމަ ގޯލު މާޓިން ކާމިޔާބު ކުރިއެވެ. އޭގެ 4 މިނެޓު ފަހުން އަނެއްކާވެސް އޮލްމޯގެ އެހީތެރިކަމާއިއެކު ކަސާދޯ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ. މިއީ މާޓިން އާއި ކަސާދޯ ބާސެލޯނާއަށް ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އޭގެ މާގިނައިރުތަކެއް ނުވަނީސް ބާސެލޯނާގެ އަރައުހޯ އިތުރު ގޯލެއް ވަނީ ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ޕޮލޭންޑުގެ ސްޓްރައިކަރު ލެވަންޑޮވްސްކީ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 0-4 އަށް ބަދަލުކޮށްފައެވެ. އެއަށްފަހު މެޗު ނިމިގެން ދިޔައީ މިނަތީޖާގައި އޮވެގެންނެވެ.

މިވަގުތު ލަލީގާ ތާވްލުގެ ނުވަ ވަނާގައި އޮތް ސޮސިއެޑާޑުން ޔޫރަޕާ ލީގުގެ ކޮންއައުޓް ރައުންޑްގައި މިމަހުގެ 6 ވަނަ ދުވަހު މާންޗެސްޓާ ޔުނައިޓެޑް އާ ދެކޮޅަށް ނުކުންނާނެއެވެ. ބާސެލޯނާއިން ހަމަ އެދުވަހު ޗެމްޕިއަންސް ލީގުގައި ނުކުންނާނީ ޕޯޗުގަލްގެ ބެންފީކާއާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް