- Advertisement -spot_img

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަޒީފާގެ 48 ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަޒީފާގެ 48 ފުރުސަތު ހުޅުވައިލައިފިއެވެ.

ކަސްޓަމްސްއިން ކުރި އިއުލާނުގައިވާ ގޮތުން، އެ ޚިދުމަތުން ހުޅުވާލާފައި ވަނީ އެސިސްޓެންޓްކަސްޓަމްސް އޮފިސަރު ޓްރެއިނީގެ މަގާމަށެވެ. އެ މަގާމަށް 48 މީހުން ބޭނުންވެއެވެ.

އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާދޭއިރު، މަގާމުގެ އިނާޔަތުގެ ގޮތުގައި 4،660 ރުފިޔާ ދެއެވެ. އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާ އިނާޔަތުގެ ގޮތުގައި ދެއެވެ. އޭގެ އިތުރުން ދައުލަތުގެ ޕޭ ފްރޭމްވޯކުގައިވާ ގޮތަށް، ކޮއްތު ފައިސާއާއި އިތުރުގަޑީގެ ފައިސާއާއި އެހެން އިނާޔަތްތައްވެސް ދޭނެއެވެ. އެހެންކަމުން 12،000 ވުރެ ގިނަ ރުފިޔާ މުސާރައިގެގޮތުގައި ކޮންމެ މަހަކު ލިބޭނެއެވެ.

މި މަގާމުގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ‘ޑީ’ ފާހެއް ލިބުމާއެކު، ދިވެހިން ‘ސީ’އެއް ލިބިފައިވުން، ނުވަތަ ކަސްޓަމްސްގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓު ތިނެއް، ނުވަތަ އެއަށްވުރެ މަތިން މަތީ ސަނަދެއް ހާސިލުކޮށް އޯލެވެލް ދިވެހިން ދަށްވެގެން ‘ސީ’ ފާހެއް ލިބިފައިވުން، ނުވަތަ ގައުމީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމެވެ.

ކަސްޓަމްސްއިން ވަނީ، މި މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން ކަސްޓަމްސްގެ ވަޒީފާގެ ފޯމާއި ވަނަވަރާއި އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހިމެނޭހެން މުހިންމު ލިޔެކިއުންތައް، މި ފެށޭ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުގެރޭ 11 ޖެހުމުގެ ކުރިން އީމެއިލްކުރުމަށް އެދިފައެވެ.

މި މަގާމަށް ކުރިމަތިލެވޭނީ މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް، އިއުލާނުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް