- Advertisement -spot_img

ފަސްޓްލޭޑީ ސާޖިދާއަށް އައްޑޫން ހޫނު މަރުހަބާއެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

ރޭ އެކަމަނާ އައްޑުއަށް ވަޑައިގަތުމުން އެއާޕޯޓު ސަރަހައްދަށް ގިނަ ބަޔަކު އެއްވެ، ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ފަސްޓްލޭޑީގެ އެ ދަތުރުފުޅުގައި ޕީއެންސީގެ މެމްބަރުންނާ ބައްދަލު ކުރައްވާނެއެވެ. އަދި ރަށުގެ ތަރައްގީއާ ގުޅޭ އެކި ކަންކަމާ ގުޅޭ މަޝްވަރާތައް ކުރަން ވެސް ހަމަޖެހިފައިވެއެވެ.

އައްޑޫއަށް ވަޑައިގެންނެވުމުގެ ކުރިން ފަސްޓްލޭޑީ ސާޖިދާ ވަނީ ކެމްޕޭނަށް ތިނަދޫ އަދި ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގެންފައެވެ.

ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މާލެ ސަރަޙައްދުގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް