- Advertisement -spot_img

މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ގއ. މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އާރުޑީސީއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި ކަމުގައެވެ. އަދި މި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމުގައި ވެސް އާރުޑީސީގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

ހަމަ އެހެންމެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ސްޓޭޓް މިނިސްޓަރ މުހުތާޒު މުހުސިން، ގއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝާހީން، ކޮލަމާފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އިބްރާހީމް ދީދީ، ބައިވެރިވި ކަމުގައިވެސް އާރުޑީސީގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

މިއާއެކު އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޞިލް އިބްރާހިމް ނަޡީމް އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަބީޙް އަފީފް ވެސް ބައިވެރިވެވަޑައިގެންފައި ވާކަމުގައިވެސް އާރުޑީސީގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

އާރުޑީސީއިން ތަރައްގީގެ ގިނަ ގުނަ މަޝްރުއުތަކެއް ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް