- Advertisement -spot_img

ސަރަނގު އާދަމް މަނިކުގެ ތާއީދު ޕީއެންސީގެ މޫސާ އަލީ ޖަލީލަށް

ކުރިއަށް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަން މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ނިންމަވައިފިއެވެ.

ކުރިން އިދިކޮޅު އެމްޑީޕީގައި ވަރަށް އިސްކޮށް އުޅުނު އާދަމް މަނިކު މިއަދު ވިދާޅުވީ މާލެ އަށް ބޭނުންވާ ކަންކަން ކުރެވޭނީ ސަރުކާރަށް ނިސްބަތްވާ މޭޔަރަކު ހުންނަވައިގެން ކަމަށެވެ. އެހެންވެ މޫސާ އަލީ ޖަލީލަކީ އެންމެ ރަނގަޅު ހޮވުމަށް ވާނެ ކަމަށް ވިދާޅުވިއެވެ.

”މިއީ ވަރަށް ކުޑަކުޑަ އާބާދީއެއް. އެކަކު އަނެކަކަށް އަވަގުރާނަ ގޮވާގޮވާ ތިބޭނީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ މޫސާ އަލީ ޖަލީލަށޭ ފުރުސަތު އޮތީ. މޫސާ އަލީ ޖަލީލަށް ދެވޭ ވޯޓަކީ މާލެ އަށް ދެވޭ ވޯޓެއް.“ އޭނަ ވިދާޅުވިއެވެ.

އާދަމް މަނިކު ވިދާޅުވީ ގާބިލްކަމާއި ފައިސާ ވެސް އޮތީ ސަރުކާރުގަ އި ކަމަށާއި އެހެންވެ، މާލެ އަށް ހާސިލް ވާނީ ސަރުކާރުން ކޮށްދިން ކަމެއް ކަމަށް ވިދާޅުވިއެވެ. މޫސާ އަލީ ޖަލީލަށް ތައުރީފު ކުރައްވައި އޭނަ ވިދާޅުވީ، އެއީ އަސްކަރީ ދާއިރާގައި އުޅުއްވާފައިވާ ބޭފުޅަކަށްވާތީޑިސިޕްލިން ހުންނާނެ ކަމަށާއި ދަތުރު ކުރައްވާނެ އަމާޒެއް ދެއްކެވުމުން ގޯޅި ނާޅުއްވައި ދަތުރު ކުރައްވާނެ ކަމަށެވެ.

”ޕާޓީ މެނިފެސްޓޯއެއްތާ ގެންގުޅޭނީ. އެ މެނިފެސްޓޯ ހިފައިގެން ގޯޅިތަކެއް ނާޅާ ރަނގަޅަށް ދިޔައީމާ ރަގަޅުވާނެ.“ އާދަމް މަނިކު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް