ފްލައިޓެއްގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން، އެ ފްލައިޓުން ރާއްޖެ އައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



