- Advertisement -spot_img

ޢުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

ޢުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ކުއްލި ގޮތަކަށް މައްކާގައި ނިޔާވެއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޢުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ ހިޖާޒު ޢުމްރާ ގުރޫޕުގެ ފަރާތުން ޢުމްރާގެ އަޅުކަމަށް ދިޔަ ފަރާތެއް ކަމަށްވާ ޢަލީ އިބްރާހީމް ދީދީ، ގދ. ނަޑެއްލާ ކަމަށެވެ.

ޢަލީ އިބްރާހީމް ދީދީ ނިޔާވެފައިވަނީ މިރޭގެ ވަޤުތެއްގައި މައްކާގައި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި މި ޢުމްރާވެރިޔާގެ ޖަނާޒާގެ ކަންކަން މާތްވެގެންވާ މަސްޖިދުލް ހަރާމްގައި މިރޭ ފަތިސް ނަމާދަށްފަހު އޮންނާނެ ކަމަށްވެސް މިނިސްޓަރު ޝަހީމް ވަނީ އިތުރަށް ވިދާޅުވެފައެވެ.

ރަމަޟާން މަހާއި ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 2،000 އަށްވުރެ ގިނަ ފަރާތްތަކުން މި އަހަރު ސަޢޫދީ އަރަބިއްޔާއަށް ގޮސްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް