ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ޕްރިމިއާ ލީގުގައި ލިވަޕޫލަށް 13 ޕޮއިންޓްގެ ލީޑެއް. ވާދަކުރާނެ ބަޔަކު ނެތް.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގައި ނިއުކާސަލްގެ މައްޗަށް 0-2 އިން ކުރި ހޯދައި ލިވަޕޫލް މެޗް ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލުން މޮޅުކުޅުމެއް ދެއްކި މިމެޗުގައި އެޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޮސްލައި އަދި އެލެކްސިސް މެކް އެލިސްޓާ އެވެ.

މިމެޗުގައި ނިއުކާސަލްގެ މުހިންމު ފޯވާޑް އެލެކްޒެންޑަރ އިސާކްއަށް އަނިޔާގެ ސަބަބުން ނުކުޅެއެވެ. އޭނާގެ ބަދަލުގައި ކުޅުނު ކެލަމް ވިލްސަންއަށް އެދެވިގެންވާ ކުޅުމެއް ވަނީ ނުދެއްކިފައެވެ. މިބައްޔައްފަހު ނިއުކާސަލް މިހާރު އުޅެނީ ތާވަލުގެ 6 ވަނާގައެވެ.

އަންނަ މާރިޗު މަހުގެ 16 ވަނަ ދުވަހު ކަރަބާއޯ ކަޕްގެ ފައިނަލްގައި މިދެޓީމުގެ ކުރިމަތިލުމެއް ފެނިގެންދާނެއެވެ.

މިސީޒަންގެ ލީގުގައި ކުޅުނު 28 މެޗުން 67 ޕޮއިންޓް ހޯދައި އެޓީމު އުޅެނީ ތާވަލުގެ އެއްވަނާގައެވެ. އަދި ދެވަނާގައިވާ އާސެނަލްއަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. ލިވަޕޫލަށް ބާކީ 10 މެޗު އޮތްއިރު، އޭގެތެރެއިން ހަ މެޗު ކުޅޭނީ އެމީހުންގެ އަމިއްލަ ދަނޑުގައެވެ. އެހެންކަމުން މި ސީޒަންގައި ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ރޭގައި ކުޅެވުނު އިތުރު މެޗުތަކަށްބަލާލާއިރު، މެންޗެސްޓާ ސިޓީ ވަނީ ޓޮޓެންހެމް ހޮޓްސްޕަރާ ދެކޮޅަށް ކުޅެ 1-0 އިން މެޗު ކާމިޔާބުކޮށް، ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ހާލަންޑެވެ. މިއީ މި ސީޒަންގައި ހާލަންޑް ޖެހި 20 ވަނަ ގޯލެވެ. ރިއަލް މެޑްރިޑާއި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗްތަކުގައި ބަލިވުމަށްފަހު، މެނޭޖަރު ޕެޕް ގުއާޑިއޯލާއަށް މި މެޗު ވެގެންދިޔައީ ޕްރެޝަރު ބޮޑު މެޗަކަށެވެ.

އޯލްޑް ޓްރެފަޑްގައި މެންޗެސްޓާ ޔުނައިޓެޑުން އިޕްސްވިޗް ޓައުނާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗެއްގައި 3-2 އިން ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ލެފްޓް ބެކް ޑޯގޫ އަށް ދެއްކި ރަތް ކާޑުގެ ސަބަބުން 10 ކުޅުންތެރިންނާއެކު ކުޅެންޖެހުނު ނަމަވެސް، ހެރީ މަގުއާ ވަނީ އަނެއްކާވެސް ފަހު ވަގުތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބު ހޯދައިދީފައެވެ.

ވެސްޓް ލަންޑަންގައި، އެވަރްޓަން މެނޭޖަރު ޑޭވިޑް މޮއެސްގެ ދަށުން ވިދިވިދިގެން 7 މެޗް ނުބަލިވެ ކުރިއަށްދާ ރެކޯޑު ވަނީ ދަމަހައްޓާފައެވެ. ރޭގައި އެޓީމުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޔޯއެން ވިސާ ބްރެންޓްފޯޑަށް ލީޑު ހޯދައިދިން ނަމަވެސް، އެވަރްޓަންއިން ގޯލެއް ޖެހުމަށް ކުރި މަސައްކަތުން ޖޭކް އޯބްރައިން 77 ވަނަ މިނެޓުގައި ޖެހި ގޯލުން މެޗުގެ ނަތީޖާ އެއްވަރުކޮށްދިނެވެ.

އާސެނަލުން ނޮޓިންގަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެ އެޓީމުން ތައްޓަކަށް ކުރާ އުންމީދުތައް އަނެކާވެސް ވަނީ ވެއްޔާ މޮޑެވިގެން ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް