- Advertisement -spot_img

ގެއްލިގެން އުޅުނު އިމްތިޔާޒު ފުލުސް އޮފީހަށް ހާޒިރުވެއްޖެ

މީގެ ހަފުތާއެއް ކުރިން ގެއިން ނުކުމެގެން ދިޔަ ޒުވާނާ ހޯދަން އިއުލާނުކުރިތާ 24 ގަޑިއިރުތެރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.

ހަފުތާއެއް ކުރިން ގެއްލިގެން ހޯދަމުން އައީ ހ. ފެވަރިޓްވިލާ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އެވެ. 

ފުލުހުން ރޭ ބުނީ، އިމްތިޔާޒް އޭނާގެ ގޭގައި އުޅެނިކޮށް އެންމެ ފަހުން ފެނުނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ މެންދުރު 12:00 އާއި 1:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ދުވަހު ގެއިން ބޭރަށް ނުކުތްގޮތަށް އޭނާއަށް ވީނުވީއެއް ނޭނގިފައިވާ ކަމަށް ބުނެ، އާއިލާ އިން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.

ފުލުހުން މިރޭ ބުނީ، އިމްތިޔާޒް މިރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް