ސެޕްޓެމްބަރ މަހު މިފްކޯއަށް ކިރުވި މަހަށް، 27.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު 453 ދޯންޏަކުން އެ ކުންފުންޏަށް 1،288.42 ޓަނުގެ މަސް ވަނީ ކިރުވާފައެވެ.
ސެޕްޓެމްބަރު މަހު ކިރުވި މަހުގެ ބާވަތްތައް:
ކަޅުބިލަމަސް: 451 ދޯންޏަކުން 1،284.1 ޓަނުގެ މަސް ކިރުވިއިރު، މި ބަޔަށް 27.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
10 ކިލޯއިން މަތީގެ ކަންނެލި: އެންމެ ދޯންޏަކުން 0.5 ޓަނު ކިރުވައި، 900 ރުފިޔާ ދޫކޮށްފައިވެއެވެ.
15 ކިލޯއިން މަތީގެ ކަންނެލި: ފަސް ދޯންޏަކުން 3.8 ޓަނުގެ މަސް ކިރުވައި، 95،825 ރުފިޔާ ދޫކޮށްފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ދެ މަހުވެސް އެންމެ ގިނައިން މިފްކޯއަށް ކިރުވާފައިވަނީ ކަޅުބިލަމަހެވެ. ނަމަވެސް އޮގަސްޓު މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ހުރިހާ ބާވަތެއްގެ މަސް ކިރުވި މިންވަރާއި ހަރަކާތްތެރިވި ދޯނީގެ އަދަދު ވަނީ މަދުވެފައެވެ.



