އަންގާރަ, ފެބްރުއަރީ 17, 2026
spot_img
- Advertisement -spot_img

ކައުންސިލުތަކަށް ބޭނުންވަނީ، ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރާނެ ވެރިން

ކައުންސިލްތަކަށް ބޭނުންވަނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްކުރާނެ ވެރިން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަވާ ރިޓަޔަޑް މޫސާ އަލީ ޖަލީލުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރޭ އެމަނިކުފާނު ވިދާޅުވީ، މާލެ އަކީ އަމާންކަމާއި ސުލްހަ މަސަލަސްކަމާއެކީ އުޅެވޭނެ ފަސްގަނޑަކަށް ހަދަންޖެހޭ ކަމަށެވެ.

މިކަން ކުރުމަށްޓަކައި ސަރުކާރުން ރާއްވަވާ ތަރައްގީގެ މަޝްރޫއުތަކުގައި އެންމެ ބޮޑު އެހީތެރިއަކަށް ވެދެވޭނީ ސީދާގޮތުން ރައްޔިތުންނާއި ގުޅިފައިވާ މާލޭ ސިޓީގެ މޭޔަރަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒަކީ މާލޭގެ މޭޔަރުކަން ތަޖުރިބާ ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، މޫސާ އަލީ ޖަލީލަކީ ވެސް ހަމަ އެފަދައިން  ރައްޔިތުންނަށްޓަކައި ވަގުތު ހުސްކުރައްވައިގެން މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަންނަ އޭޕްރީލްމަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ޖަލީލާ ވާދަ ކުރައްވާނީ މިހާރުގެ މޭޔަރު، އާދަމް އާޒިމްއެވެ.

ގުޅުންހުރި ލިޔުންތައް