ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން ކަމަށް އަހުމަދު ސިއްދީގު އައްޔަންކުރައްވައިފި އެވެ.
ސިއްދީގު މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގަ އެވެ.
އެންޑީއޭގެ ޗެއާމަންގެ މަގާމުގައި ކުރިން ހުންނެވި ލުބްނާ ޒާހިރު ހުސައިން މިހާރު ވަނީ ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވާފައެވެ.
އެންޑީއޭގެ ސީނިއާ މެނޭޖްމަންޓް ޓީމާ ސިއްދީގު ވަނީ އިއްޔެ ބައްދަލުކުރައްވާފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ ކަންކަން ކުރިއަށްގެންދަނީ އެންޑީއޭ މެދުވެރިކޮށެވެ. މަސްތުވާތަކެއްޗަށް ފަރުވާދިނުމުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ،



