އާދިއްތަ, ޖެނުއަރީ 18, 2026
spot_img
- Advertisement -spot_img

ގެދޮރުވެރިޔާ ފްލެޓްގެ ކުލި ކުޑަކުރިގޮތުގެ ތަފްސީލް ހާމަކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށް، މިހާރު ދައްކަން ޖެހޭ މިންވަރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އާންމުކުރައްވައިފި އެވެ.

ގެދޮރުވެރިޔާ ފްލެޓްގެ ކުލި ކުޑަރަން ނިންމެވިކަން ރައީސް ހާމަކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކުރިން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހަކު 8،000ރ. ދައްކަން ޖެހޭއިރު، ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހެ އެވެ. އަދި ތިން ކޮޓަރީގެ ފްލެޓް ދޫކުރަން ނިންމާފައިވަނީ މެއިންޓެނަންސް ފީއާ އެކު 11،500ރ. އަށެވެ. އެ ތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހެ އެވެ.

ސަރުކާރުން މިއަދު ގެނެސްފައިވާ ބަދަލާ އެކު، މިނިސްޓަރު މުއްތަލިބު ވިދާޅުވިގޮތުގައި ދެ ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މެއިންޓެނަންސްއާ އެކު 7،000ރ. އެވެ. މަހު ކުއްޔަކީ 6،000ރ. އަދި މެއިންޓެނަންސްގެ ގޮތުގައި 1،000ރ. އެވެ. އަދި އެ ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓަކީ 6،000ރ. ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ތިން ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހު ކުއްޔަށް ދައްކަންޖެހެނީ 10،000ރ. އެވެ.  މަހު ކުއްޔަކީ 8،500ރ. އަދި މެއިންޓެނަންސް ފީއަށް 1،500ރ. އެވެ. ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހޭ ވަރު 8،500ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.

ޖެނުއަރީ މަސް ފެށުމުގެ ކުރިން ގެދޮރުވެރިޔާ ސްކީމްގެ ހުރިހާ ފްލެޓެއްގައި ދިރިއުޅެން ފެށޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް