- Advertisement -spot_img

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ މިސްކިތެއް އަންނަ ހަފްތާގައި ހުޅުވަނީ

ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކޮށްފައިވާ މިސްކިތް މަސްޖިދުލްއީމާން އަންނަ ހަފްތާގައި ހުޅުވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވީ މަސްޖިދުލްއީމާން އަންނަ ހަފްތާގައި ހުޅުވާނެ ކަމަށެވެ.

މިއީ ހެޔޮ އެދޭ ފަރާތެއްގެ ދީލަތި އެހީގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މިއީ މިސްކިތުގެ ޑިޒައިނާއި އެތެރޭގެ ޑިޒައިން ވެސް ވަަރަށް ފުރިހަމަ ރީތި މިސްކިތެކެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި މީހުން އާބާދުވެ ދިިރިއުޅެން ފެށިތާ އަހަރުތަކެއްވީނަމަވެސް މިސްކިތްތަކާއި ސުކޫލުތައް އެކަށީގެންވާ މިންވަރަށް ނެތެވެ. މިއީ ހުޅުމާލޭގެ ފޭސް ދޭއްގައި ހުޅުވާ ތިން ވަނަ މިސްކިތެވެ. 

ގުޅުންހުރި ލިޔުންތައް