- Advertisement -spot_img

ހުޅުމާލެ ފޭސް3 ގެ 49 ޕަސެންޓް ހިއްކައި ނިމިއްޖެ

ހުޅުމާލެ ފޭސް3 ގެ 49 ޕަސެންޓް ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ. 

އެ ކުންފުނިން ބުނީ ފޭސް3 ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެން ކަމަށެވެ. އެއިން ކޮންމެ ޑްރެޖަރަކީ 22،000 ކިޔުބިކް މީޓަރުން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ޑްރެޖަރެކެވެ.

ފޭސް ތިނަކުން ޖުމްލަ ހިއްކަންޖެހެނީ 63 ހެކްޓަރުގެ ބިމެވެ. އެމްއޭސީއެލް އިން ބުނީ އޭގެތެރެއިން 31 ހެކްޓަރު މިހާރު ހިއްކައި ނިމިފައިވާ ކަމަށެވެ. އެއީ ހިއްކަންޖެހޭ ޖުމްލަ ހެކްޓަރުގެ 49.2 ޕަސެންޓެވެ.

ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެތަނުން ދީފައިވާ ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް