ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން 135،700 ރުފިޔާ އެގައުމަށް ހަދިޔާކޮށްފިއެވެ.
އެ ފައިސާ ވަނީ ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނާ ހަވާލުކޮށްފައެވެ.
ފައިސާގެ ރަމްޒީ ޗެކާ ސްރީލަންކާ އެމްބަސީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން އެވެ.
ތޫފާނުގައި ލަންކާއަށް އެހީގެ ގޮތުގައި މިހާތަނަށް 6.5 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ވަނީ ލިބިފައެވެ. އެ ގައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައި ވަނީ ރާއްޖެއިން ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ.
މި އެހީގެ ތެރޭގައި ދިވެހި ސަރުކާރުން ދިން 50،000 ޑޮލަރާއި، ޕީއެސްއެމް އިސްނަގައިގެން ގިނަ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ “ސިލޯނާއެކު ދިވެހީން” ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ހިމެނެއެވެ.
އަމިއްލަ ވިޔަފާރިތަކުން ވެސް ބޮޑު އެހީއެއް ދީފައިވާއިރު، ފައިސާގެ އިތުރުން 25،000 މަސްދަޅު ކޭސް ވެސް ރާއްޖެއިން ލަންކާއަށް ހަދިޔާކޮށްފައިވެއެވެ.



