ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމުގެ ރެކޯޑް އިޒްރޭލަށް!

އިޒްރޭލަކީ ދުނިޔޭގައި ނޫސްވެރިން އެންމެ ގިނައިން މަރާ ޤައުމު ކަމަށް ރިޕޯޓަރުސް ވިތައުޓް ބޯޑަރސް އިން ޖެހިޖެހިގެން ތިންވަނަ އަހަރަށް ކަނޑައަޅައިފިއެވެ.

ރިޕޯޓަރުސް ވިތައުޓް ބޯޑަރސް (އާރުއެސްއެފް) އިން ހާމަކޮށްފައިވާ ރިޕޯޓުގައިވާ ގޮތުގައި، 2025 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި ނޫސްވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނޫސްވެރިން މަރުވެފައިވަނީ އިޒްރޭލުން ހަނގުރާމަ ކުރަމުންދާ ޣައްޒާގައެވެ.

އަންގާރަ ދުވަހު ނެރުނު އަހަރީ ރިޕޯޓު ގައި އާރުއެސްއެފް އިން ބުނެފައިވަނީ، މި އަހަރު ދުނިޔެއިން މަރުވި 67 ނޫސްވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކަމަށްވާ 29 ފަރާތަކީ ފަލަސްތީނުގެ ނޫސްވެރިން ކަމަށާއި އެއީ ޣައްޒާ ގައި އިޒްރޭލުގެ ސިފައިން ގެ ޝިކާރައަކަށްވީ މީހުން ކަމަށެވެ.

ޕެރިސް ގައި މައި ހެޑްކުއާޓާރސް ހުންނަ ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ މި ޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ، ޣައްޒާ ހިސޯރު ކޮށްގެން އުޅޭ އިޒްރޭލަކީ ފާއިތުވި ތިން އަހަރު ވެސް ނޫސްވެރިންނަށް ދުނިޔޭގައިވާ އެންމެ ނުރައްކާތެރި ބާރު ކަމަށެވެ. އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމަ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ފަހުން، ގާތްގަނޑަކަށް 220 ނޫސްވެރިން މަރުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް