ރާއްޖޭގެ ޓޫރިޒަމް ވެސް ޕްރޮމޯޓް ކުރުމުގެ ގޮތުން އަދި އާ އަހަރު ފާހަގަ ކުރަން ޑްރޯން ޝޯއެއް ބާއްވަން ނިންމައިފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މިއަދު ބުނީ 2026 އަށް މަރުހަބާ ކިޔުމުގެ ގޮތުން މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ ޑްރޯން ޝޯ އިންތިޒާމުކޮށް ދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް، ވިޒިޓް މޯލްޑިވްސްގެ އޮފީސް، ހ. ޒޮނޭރިއާގެ ހަތަރު ވަނަ ފަންގިފިލާގައި ސެޝަނެއް އޮންނާނެ އެވެ.
މި އަހަރަށް މަރުހަބާ ކިޔަން މިދިޔަ އަހަރު ވެސް ވިޒިޓް މޯލްޑިވްސް އިން ޑްރޯން ޝޯއެއް ބޭއްވި އެވެ.



