ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފަށައިފި

ރަސްމާލެ ހިއްކުން ތިން ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާކަމަށެވެ. އަދި މި ޑްރޭޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ ހަލުއިވެގެންދާނެކަމަަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމާލެއިން ދޫކުރާ 25،000 ގޯއްޗަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

ރަސްމާލެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ފުރަތަމަ ތަރައްގީކުރެވިގެންދާ އިކޯ ސިޓީއެވެ. ޕެޓްރޯލް އެޅި ވެހިކަލްތައް ރަސްމާލޭގައި ދުއްވުމަކީ މަނާކަމެކެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެއަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދާއިމީ ހައްލު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް