ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

ކ. އަތޮޅުގެ ރަށްތަކަށް ޙާއްސަ ”ކާފު ފޯރަމް“ ފަށައިފި

ކ. އަތޮޅުގެ ރަށްރަށުގެ މުހިންމު މައްސަލަތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދަން މަޝްވަރާ ކުރަން ބާއްވާ ”ކާފު ފޯރަމް“ ތުލުސްދޫގައި ފަށައިފި އެވެ.

އިއްޔެ އެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ލޯކަލް މިނިސްޓަރުރު އާދަމް ޝަރީފް އުމަރުއެވެ.

މި ފޯރަމަކީ މާލެ އަތޮޅު އަތޮޅު ކައުންސިލުން އިސްނަގައިގެން 4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފޯރަމެކެވެ. ފޯރަމްގައި މާލެއަތޮޅު އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި، އަންހެނުންގެ ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލް މެމްބަރުންނާއި، މާލެއަތޮޅު ސިއްހީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ އެވެ.

”ކާފު ފޯރަމް“ ގައި މުހިންމު ގިނަ ދާއިރާތަކަކުން ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.

ކާފު ފޯރަމްގައި މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަންކަން:

* އިދާރީ ހިންގުމުގައި ދިމާވާ ދަތިތަކާއި އެކަންކަން ހައްލުކުރެވޭނެ ގޮތްތައް

* ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުކުޅުތަކާއި ގޮތްތައް

* ހައިޑްރޮފޯނިކްސް؛ ޒަމާނީ ދަނޑުވެރިކަން

* ކައުންސިލްތަކާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން އާމްދަނީ އިތުރު ކުރެވޭނެ ފިޔަފާރި މޮޑެލްތައް

* ކ. އަތޮޅުގެ ތައުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި އެކަންކަމުގެ ހައްލު ހޯދާނެގޮތްތައް

* ކ. އަތޮޅުގެ ސިއްހީ ދާއިރާގައި ހުރިގޮންޖެހުންތަކާއި އެކަންކަމުންގެ ހައްލު ހޯދާނެ ގޮތްތައް

* ލާމަރުކަޒީ ނިޒާމާއި އެނިޒާމުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައިރާއި މަސްއޫލިއްޔަތުތައް

މާލެ އަތޮޅު އަތޮޅު ކައުންސިލުން ބުނީ ފޯރަމްގައި ކޮންމެ ރަށަކުން ވެސް އެ ރަށަކުން ފޯރުކޮށްދޭ ރަށްވެހި ޚިދުމަތްތަކާ ގުޅޭ ގޮތުންނާއި، އެ ރަށަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ހައްލު ކުރަންޖެހޭ މައްސަލަތައް ބަޔާންކޮށް ”ކޮންސެޕްޓް ޕޭޕަރެއް“ ހުށަހަޅާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް