ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް ހަ ބޭފުޅަކު ވާދަކުރައްވާކަން ހާމަކުރައްވައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި ހޮވާ އެ ޕާޓީގެ ނައިބު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ:
1- މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
2- ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
3- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
4- ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު
5- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
6- ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
މީގެ ތެރެއިން ސައީދާއި ޝުޖާއު އަދި މުންދު މިހާރު ވެސް ހުންނެވީ އެ މަގާމުގައެވެ.
ކޮންގްރެސްގައި ޕީއެންސީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެ އެވެ. ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕީއެންސީގެ ވެރިކަމެއް އޮންނައިރު ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ވެރިކަމެއް އޮންނަ އިރު ޕާޓީގެ ޗެއާޕާސަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެކެވެ.



