- Advertisement -spot_img

ޕްރެކްޓިސް ޕާލިމަންޓް ފޯރ ޔޫތުގެ 14 ވަނަ ޕްރޮގްރާމް ފަށައިފި

ޤައުމީ ފެންވަރުގެ ނިންމުންތަކުގައި ބައިވެރިވުމުގެ ހުނަރު ތަރައްގީކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ”ޕްރެކްޓިސް ޕާލިމަންޓް ފޯރ ޔޫތު 2026″ ފަށައިފިއެވެ.

38 ބައިވެރިންނާއިއެކު ފެށި މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ، ޒުވާނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުމެވެ. މީގެއިތުރުން މަޖިލީހުގައި ހިމެނޭ ޒުވާން މެންބަރުންގެ އަދަދު އިތުރު ކުރުމާއި، ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ޒުވާނުން ކުރިމަތިލުމަށް ބާރުއަޅައި އެހީތެރިވެދިނުމަކީވެސް މުހިންމު މަޤްޞަދެކެވެ.

މިއީ، ޕްރެކްޓިސް ޕާލިމެންޓުގެ 14 ވަނަ ޕްރޮގްރާމެވެ. އޭގެތެރެއިން މިއީ، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރެކްޓިސް ޕާލިމެންޓުގެ 6 ވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ބައިވެރިން ހޮވާފައިވަނީ، އާއްމުކޮށް އިޢުލާން ކޮށްގެންނެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދެނީ ޑިމޮކްރަސީއާއި ސިޔާސީ ނިޒާމާއި، މަދަނީ ތައުލީމާއި، ދިމިގުރާތީ މުޖުތަމައެއްގައި ރައްޔިތުންގެ ހައްގުތަކާއި ޒިންމާތަކާއި ގުޅޭގޮތުންނެވެ. އަދި މަޖިލީހުގެ މަސައްކަތްތަކާއި، ޤާނޫނުތަކާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ބަޖެޓު ދިރާސާ ކުރުމާއި، ކޮމިޓީތަކުގެ މަސައްކަތް ހިނގާގޮތްވެސް މި ޕްރޮގްރާމުގެ ތެރެއިން އޮޅުންފިލުވާދޭނެއެވެ.

ގުޅުންހުރި ލިޔުންތައް