އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ދިވެހިން މިތިބީ ލަންކާ ރައްޔިތުންނާއެކު: ރައީސް

ލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާގައި އެ ގައުމަށް ލިބުނު ގެއްލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި ދިވެހިން ތިބީ ލަންކާ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެއްޖެއެވެ.

އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ލަންކާއަށް ކުރިމަތިވި މޫސުމީ ކަންކަމުގެ ސަބަބުން ލިބުނު ގެއްލުމާއި، ހަލާކާއި ފުރާނަތައް ގެއްލުމަކީ ފުން ހިތާމައެއް ލިބިވަޑައިގަތް ކަމަށެވެ.

އަދި ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން މިތިބީ ލަންކާ ރައްޔިތުންނަށް ކުރިމަތިވި މި ހިތާމައިގެ ދަނޑިވަޅުގައި ދިވެހިން މިތިބީ ލަންކާ ރައްޔިތުންނާއެކު ކަމަށެވެ. އަދި މި ކާރިސާގެ ނޭދެވޭ އަސަރުކުރި ހުރިހަ ފަރާތްތަކަށް ދިވެހިންގެ ފަރާތުން އެމަނިކުފާނު ތައުޒިޔާ ވިދާޅުވިއެވެ.

މިހާތަނަށް ބައިނަލްއަގުވާމީ މީޑިޔާއިން ރިޕޯޓުކޮށްފައިވާ ތަފުސީލުތަކަށް ބަލާއިރު ލަންކާއަށް ކުރި ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެންދިއުމާއި، ފެން ބޮޑުވުމުގެ ސަބަބުން 56 މީހަކު މަރުވިއެވެ. އަދި 600 އަށްވުރެ ގިނަ ގެދޮރަށް ގެއްލުންވެފައިވެއެވެ.

ގަދަ ވިއްސާރައިގެ ސަބަބުން ކޯރުތައް ބަންޑުންވެސް މަގުތައް ބަންދުކުރަންޖެހިފައިވެއެވެ. ފަސިންޖަރުންނާއެކު ދަތުރުކުރާ ރޭލުތަކުގެ ދަތުރުތައް ހުއްޓާލައި، އެ ގައުމުގެ ބޮޑު ބައެއްގައި މަގުތައް ބަންދުކުރަންވަނީ ޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް