ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

މަސްވެރިންގެ ދުވަހު މިނިސްޓްރީން އެކަނިވެސް ދުވާފަރަށް 50 ހަށްވުރެ ގިނަ ލޯންޗް ދަތުރު

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. ދުވާފަރަށް 50 ހަށްވުރެ ގިނަ ލޯންޗުދަތުރު ބޭއްވުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

ކުރިއަށްއޮތް މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމާފައިވަނީ  ދުވާފަރުގައެވެ. އެ ރަށަކީ މަސްވެރި ރަށެކެވެ. 

ދުވާފަރުގައި މަސްވެރިންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މިނިސްޓްރީގެ ބޭނުމަށް އެރަށަށް ލޯންޗްދަތުރުތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ.

ލޯންޗްދަތުރުތައް ކުރުމަށް ތާވަލްކޮށްފައިވަނީ ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިކަމުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާ ބޭފުޅުންގެ ދަތުރުފަތުރުގެ ބޭނުމަށެވެ. އެދުވަހު ރ.އަތޮޅުގެ އެކި ރަށްތަކުން ދުވާފަރަށް ލޯންޗް ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. 

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އަންނަ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހުގެ 11 ގެ ކުރިން އެކަން ހުށަހެޅުމަށް އެދިފައެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ކޮންމެ ވެސް ރަށެއްގައި ސަރުކާރުން އަންނަނީ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް