އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ނިއުޔޯކްގެ މޭޔަރު އިންތިޚާބު ކާމިޔާބުކޮށް މަމްދާނީ ތާރީޚުން ޖާގަ ހޯދައިފި

އެމެރިކާގެ ނިއުޔޯކްގެ މޭޔަރު އިންތިޚާބު ކާމިޔާބުކޮށް ޒޯހްރާން މަމްދާނީ ތާރީޚުން ޖާގަ ހޯދައިފިއެވެ.

މަމްދާނީ އިންތިޚާބު ކާމިޔާބު ކުރުމާއިއެކު އޭނާ ވެގެން މިދިޔައީ ތާރީޚްގައި ވެސް ނިއުޔޯކްގެ މޭޔަރު ކަމަށް އިންތިޚާބުވި ފުރަތަމަ މުސްލިމަށެވެ.

އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުން މަމްދާނީ އިންތިޚާބު ކާމިޔާބުވިކަން އިއުލާންކޮށް ބުނީ އަހަރެއް ކުރިން މަމްދާނީއަކީ ސިޔާސީ ގޮތުން ބަޔަކަށް އެނގޭ މީހެއް ނޫނެވެ. ނަމަވެސް މިހާރު، 34 އަހަރުގެ ޑިމޮކްރެޓިކް ސޯޝަލިސްޓް މިވަނީ ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރަށް ވެފައެވެ. އޭނާގެ މަގުބޫލުކަން އެ ސިޓީގެ އިތުރުން އެމެރިކާ އަދި މުޅި ދުނިޔެއަށް ވެސް ފެތުރިފައިވާ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ. މިހާތަނަށް ލިބުނު ނަތީޖާއަށް ބަލާއިރު މަމްދާނީއަށް ވަނީ ވޯޓްލީ މީހުންގެ %50 ވޯޓް ލިބިފައެވެ. ދެން އެންމެ ގާތުން ވާދަކުރި ކުރީގެ ގަވަރުނަރު، އެންޑްރޫ ކޫމޯއަށް ލިބުނީ %41.5 އެވެ.

ކުރިން އެހާ މަޝްހޫރު ނޫން މީހެއްގެ ގޮތުގައި ހުރި މަމްދާނީ މިވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މޮޅަށް ސޯޝަލް މީޑިއާގެ އުކުޅުތައް ބޭނުންކުރުމާއި، މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނު ގްރާސްރޫޓްސް ކެމްޕޭނަކާއެކު، މަމްދާނީ ވަނީ އޮންލައިންކޮށް ވޯޓަރުންނާއި ހަމައަށް ވާސިލްވުމުގައި ނަމޫނާ ދައްކާފައެވެ. އޭނާގެ ވީޑިއޯތައް ވަނީ ނިއުޔޯކްގެ ވަރަށް ރީތި މަންޒަރުތައް ދައްކައި ވޯޓްލާ މީހުންގެ ސަމާލުކަން ހޯދާފައެވެ.

މަމްދާނީ ގިނަ ސޯޝަލް މީޑިއާ ހިޓްތަކުގެ ތެރޭގައި ”ހަލާލްފްލޭޝަން“ އޭ ކިޔާ ނަމެއް އުފެއްދުމާއި، ކޯނީ އައިލެންޑްގައި ރާޅާއެޅުމާއި އޭނާ ސަބްވޭގައި ކައިވެނިކުރި ފޮޓޯތަކާއި، ނިއުޔޯކް ސިޓީ މެރެތަން ދުއްވިއިރު ކުލީގެ އަގުތަކާ ބެހޭގޮތުން ޝައުގުވެރިކަމާއެކު ވާހަކަ ދެއްކުމަކީ އާއްމުންގެ ސަމާލުކަން ލިބުނު ކަންކަމެވެ. އަދި މިދިޔަ އަހަރު ޓްރަމްޕަށް ވޯޓު ދިނީ ކީއްވެކަން ނުވަތަ ވޯޓު ނުދިނީ ކީއްވެކަން ދެނެގަތުމަށް އޭނާ ވަނީ ނިއުޔޯކް މީހުންނާ އިންޓަވިއު ވެސް ކޮށްފައެވެ.

މި ވީޑިއޯތަކާއި، އޭނާގެ ފާޑުކިޔާ މީހުންނާ ވެސް ބައްދަލުކޮށް، މީހުންނާ ގާތުން ބައްދަލުކުރުމުގައި ދެމިހުރުމުގެ ސަބަބުން، މަމްދާނީ ވަނީ ކުރީގެ ގަވަރުނަރު، އެންޑްރޫ ކޫމޯއާ ވަރަށް ބޮޑަށް ތަފާތުކޮށް މަގުބޫލުކަން އިތުރުކޮށްފައެވެ. ކޫމޯއަށް ވަރަށް މުއްސަނދި ފަރާތްތަކާއި ކޯޕަރޭޝަންތަކުގެ އެހީތެރިކަން އަދި އެންމެ ފަހުވަގުތު އެމެރިކާގެ ރައީސް ޓްރަމްޕްގެ ތާއީދު ލިބުނު ނަމަވެސް މަމްދާނީގެ މައްޗަށް ކޫމޯއަށް ކުރިއެއް ނުހޯދުނެވެ.

ނިއުޔޯކްގެ މޭޔަރު އިންތިޚާބު މަމްދާނީ ކާމިޔާބުކޮށްފިނަމަ އެ ސިޓީއާއި ދެކޮޅަށް އިޤްތިސާދީ ފިޔަވަޅުތަކެއް އަޅާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަޕް ވަނީ އިންތިހާބުގެ ކުރިން ބުނެފައެވެ. ޓްރަމްޕަކީ މުސްލިމުންނާއި ދެކޮޅަށް ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ހަނގުރާމަކުރާ ފަރާތްތަކަށް އެހީވާ ފަރާތެކެވެ.

ގުޅުންހުރި ލިޔުންތައް