އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ދަތުރުފުޅުތަކުން އެނގިގެން ދަނީ ލާމަރުކަޒީ އުސޫލުން ވެރިކަންކުރަން ރައީސް ސަމާލުކަންދެއްވާ މިންވަރު: އާދަމް ޝަރީފް

ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމުން އެނގި ހާމަވަނީ ރައްޔިތުން އެދޭގޮތަަށް، ލާމަރުކަޒީ އުޞޫލުން ވެރިކަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަމާލުކަން ދެއްވާ މިންވަރު ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ ގާތަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅަކީ އެމަނިކުފާނުގެ މުރާލިކަމާއި ސާދާކަމާއި ރައްޔިތުންގެ ޙާލުއަހުވާލު ބެއްލެވުމަށާއި ރައްޔިތުން އެދޭގޮތަަށް، ލާމަރުކަޒީ އުޞޫލުން ވެރިކަން ކުރެއްވުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ތާރީޚީ ދަތުރުފުޅެއް ކަމަށެވެ.

ރައީސް މުއިއްޒަކީ ޙަޤީޤަތުގައި ވެސް އުންމީދީ ރައީސެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ތަފާތު ފިކުރުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުންތަކުން ސާބިތުކޮށްދެއްވީ ކެތްތެރިކަމާއި އެހެން މީހުންގެ އިޙުސާސްތަކަށް އެމަނިކުފާނު އިޙުތިރާމް ކުރައްވާ މިންވަރު ކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ރައީސްގެ ދަތުރުފުޅުގެ ތެރެއިން ބޭއްވި އެއްވެސް ބައްދަލުވުމެއްގައި ޗެލެންޖު ކުރުމެއް ނުވަތަ ގޮތް ދޫ ނުކުރުމެއް ނުވަތަ ޖަދަލު ކުރުމުގެ އެއްވެސް ޙާލަތެއް މެދުވެެރި ނުވާ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ބައްދަލުވުންތައް ކުރިއަށްގެންދަވާފައިވަނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ކަމަށެވެ.

ދަތުރުފުޅުން އެންމެ ބޮޑަށް ހާމަވީ ރައީސް މުޢިއްޒަށް ރަށްރަށުގައި އިތުރުވަމުންދާ އިޙުތިރާމާއި ލޯތްބާއި ތާއީދު ކަމަށާއި ރައީސްގެ އަރިހުގައި ހުރިހާ އަތޮޅަކަށް ދަތުރުކުރިއިރު ފާހަގަވީ ޤައުމަށް ހެޔޮ ބަދަލު ގެންނެވުމަަށް ރައީސްގެ ހިތްޕުޅުގައި އުފެދިފައިވާ ޝައުޤުވެރިކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ފާއިތުވި 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭ އެމަނިކުފާނު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެންފައެވެ. ބައެއް ރަށްރަށަށް އެމަނިކުފާނު ވަނީ ދެ ފަހަރު ވަޑައިގަންފައެވެ. ރައީސްމައުމޫނު ޢަބްދުލްޤައްޔޫމް ފިޔަވާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވި ރައީސަކީ ރައީސް މުއިއްޒެވެ.

ގުޅުންހުރި ލިޔުންތައް