ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

އާސީއާން ސަމިޓްގައި ބައިވެރިވުމަށް ޓްރަމްޕް މެލޭޝިއާއަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަށް ރައީސްކަމަށް އައިފަހުން ފުރަތަމަ ފަހަރަށް އޭޝިއާ-ޕެސިފިކް ސަރަހައްދަށް ކުރައްވާ ދަތުރެއްގައި މެލޭޝިއާގެ ކުއަލަލަމްޕޫރަށް ގޮސްފިއެވެ.

މި ދަތުރަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޖަމިއްޔާ (އާސީއާން) ގެ 47 ވަނަ ސަމިޓްގައި ބައިވެރިވުމަށް ޓްރަމްޕް ކުރާ ދަތުރެކެވެ.

ރައީސް ޓްރަމްޕަށް ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ސަމިޓްގައި ރައީސް ޓްރަމްޕް މެލޭޝިއާގެ ބޮޑުވަޒީރާ އެކު ބައްދަލުކުރައްވުމާއި، ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި ހިނގި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވުމާއި، އާސީއާންގެ ލީޑަރުންނާ އެކު ބައްދަލުކޮށް، ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައިވެއެވެ.

މި ސަމިޓް ފެށިގެން އައީ އާސީއާންގެ 11 ވަނަ މެމްބަރު ގައުމުގެ ގޮތުގައި އީސްޓް ޓިމޯރު ރަސްމީކޮށް އެ ޖަމިއްޔާއާ ގުޅިގެންނެވެ. 1967 ވަނަ އަހަރު އުފެދުނު އާސީއާންގައި މިހާރު ބްރޫނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް އަދި އީސްޓް ޓިމޯރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް