އާދިއްތަ, ނޮވެމްބަރ 9, 2025
spot_img
- Advertisement -spot_img

އައްޑޫގެ ތިން ރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ލާން ފަށައިފި

އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ނަގާ ވޯޓު ލާން ފަށައިފިއެވެ.

އައްޑޫ ސިޓީން އެ އަތޮޅު ފޭދޫ އާއި މީދޫ އަދި ހުޅުދޫ ވަކިވާން ފެނޭތޯ ބެލުމަށް ނަގާ އެ ވޯޓުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓުލުން ކުރިއަށް ދާނީ އައްޑޫ އާއި މާލޭގަ އެވެ. މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގައި، ކޮންމެ އަވަށެއްގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ބަހައްޓާފައިވެ އެވެ.

މިއަދުގެ ވޯޓުގައި ހިމެނެނީ ކޮންމެ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތަކެވެ.

އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީއަށް ރެޖިސްޓްރީވެފައިވާ 35،359 ދިވެހިން އެބަތިއްބެވެ. އެ ސިޓީގައި ދިރިއުޅޭ އާބާދީއަކީ 25،062 އެވެ. އޭގެ ތެރެއިން 20،000 ހާހަކަށް މީހުންނަކީ ދިވެހިން ކަމަށްވާއިރު ބިދޭސީންގެ އާބާދީއަކީ ގާތްގަނޑަކަށް 5،000 އެވެ.

ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ގުދުރަތީ ހާދިސާއެއް ދިމާވެގެން މެނުއީ މިއަދުގެ ވޯޓުލުމުގެ ވަގުތު އިތުރު ނުކުރާނެ ކަމަށެވެ. ވޯޓުތައް ގުނަން ފަށާނީ ވޯޓުލުމުގެ ވަގުތު ހަމަވުމުން، ހަމަ އެ ފޮށްޓެއް ހުތި ތަނެއްގައެވެ.

އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމަށް އޮކްޓޫބަރު 9، 2010، ގައި ނެގި ވޯޓުގައި ވޯޓު ލުމުގެ ހައްގު 21،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައި އޮތަސް، މި ވޯޓުގައި ބައިވެރިވީ 4706 މީހުންނެވެ.

އެ ފަހަރު ވޯޓުގައި ބައިވެރިވީ މީހުންގެ ނިސްބަތަކީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ އެންމެ 21 ޕަސެންޓެވެ. އަދި 54 ޕަސެންޓު ވޯޓާ އެކު އަގުލަބިއްޔަތު ލިބުނީ އައްޑޫގައި ސިޓީ ކައުންސިލެއް އުފައްދާށެވެ.

ގުޅުންހުރި ލިޔުންތައް