ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް “ލޯތްބާއެކު“ ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފި

ދިވެހި ފުލުހުންގެ ފަރާތުން ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް “ލޯތްބާއެކު“ ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ވިމެން އިން ޕޮލިސިންގ ދުވަހަކީ 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.

ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް “ލޯތްބާއެކު“ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތް | ދިވެހި ފުލުހުންގެ ޚިދުމަތް

ލޯތްބާއެކު ނަމުގައި އަންހެން ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތް، ފުލުހުން ގާއިމުވެފައިވާ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދެއެވެ. އެގޮތުން، އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އަންހެން ފުލުހުން މަގުތަކަށް ނުކުމެ ރައްޔިތުންނާ ބައްދަލުކޮށް ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ.

ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް “ލޯތްބާއެކު“ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތް | ދިވެހި ފުލުހުންގެ ޚިދުމަތް

އަދި މިހާރު ރާއްޖޭގައި އެންމެ އާންމުވެފައިވާ ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުމަށް މައުލޫމާތު ދީފައިވެއެވެ. މިގޮތުން، ހަލުވިކަމާއެކު ބަދަލުވަމުންދާ ސްކޭމްގެ ކުށްކުރާ ފަރާތްތަކުން ގެންގުޅޭ އުކުޅުތައް ކިޔައިދީ އަދި އެފަދަ ކަންކަމުން ރައްކާތެރިވުށާއި ސަލާމަތްވެ ތިބުމަށް ފަރުދީގޮތުން ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ހޭލުންތެރިކަމުގެ މެސެޖުތައް ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.

މީގެ އިތުރުން ވެސް ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް