އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ތ. ހިރިލަންދޫ ސްކޫލަށް 10 ލެޕްޓޮޕް ހަދިޔާކޮށްފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފް ދަންޑުން ތ. ހިރިލަންދޫ ސްކޫލްގެ ކޮމްޕިއުޓަރ ލެބަށް ބޭޏުންވާ 10 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ސާލިފް ނަސީރުއެވެ. އަދި ހިރިލަންދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލް ސޮއިކުރެއްވިއިރު ހިރިލަންދޫ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ޝައްމޫންއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ތ. ހިރިލަންދޫ ސްކޫލަށް 10 ލެޕްޓޮޕް ހަދިޔާކުރުން | ފޮޓޯ: އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

މި ލެޕްޓޮޕުތައް ހަދިޔާކޮށްދެއްވުމަށް ދީނީ ވަޤުފް ފަންޑުގައި އެދިލައްވާފައިވަނީ ތ. ހިރިލަންދޫ ކައުންސިލްގެ ފަރާތުންނެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ތ. ހިރިލަންދޫ ސްކޫލަށް 10 ލެޕްޓޮޕް ހަދިޔާކުރުން | ފޮޓޯ: އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

މިި ލެޕްޓޮޕުތައް ހަދިޔާކުރުމުގެ މަޤުސަދަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތ. ހިރިލަންދޫ ސްކޫލްގެ ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް